Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 3:4 - ކިތާބުލް މުޤައްދަސާ

4 ޕަތަރަސްއާއި ޔޫޙަންނާ އެމީހާއި ހަތަރުކަޅި ހަމަކުރިއެވެ. ދެން ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠އަހަރެމެންނާއި ދިމާއަށް ބަލާލަބަލަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 3:4
11 ပူးပေါင်းရင်းမြစ်များ  

ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ. އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.⁠“


އީސާގެފާނަށް އެމީހާ ފެނިވަޑައިގަތުމުން އެމީހާއަކީ މިހާ ގިނަދުވަހު ބަލިވެ އުޅެފައިވާ މީހެއްކަން އެނގިވަޑައިގަންނަވާތީ ވިދާޅުވިއެވެ. ”⁠ކަލޭ ރަނގަޅުވާން ބޭނުންތަ؟⁠“


ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”⁠އާދެ ސާހިބާ. ކީއްތޯވީ؟⁠“ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


އަހަރެން އެ ސަތަރިގަނޑުގެ ތެރެއަށް ބަލާލިއިރު އަހަރެންނަށް ފެނުނީ ބަނީއިސްރާއީލު މީހުންނަށް ކެއުމަށް ހަރާން ވެފައިވާ ތަފާތު ޖަނަވާރުތައް. އޭގެ ތެރޭގައި ވަލު ޖަނަވާރާއި، ބޮނޑުގެ ބާވަތްތަކާ، އަދި ދޫނި ސޫފާސޫފީގެ ބާވަތްތައް ވެސް ވި.


އެއްދުވަހަކު ޕަތަރަސްއާއި ޔޫޙަންނާ މެންދުރުފަހު ތިނެއް ޖެހިއިރު ދުޢާ ކުރުމުގެ ވަގުތުގައި ބައިތުލް މަޤްދިސްއަށް ދިޔައެވެ.


މިމީހާ ވީ އުފަލުން ޕަތަރަސްއާއި ޔޫޙަންނާ ދިޔަ ނުދީ އެމީހުން މަޑު ކުރުވައިގެން އެމީހުންނާ ވާހަކަދައްކަން ހުއްޓެވެ. އެތަނުގައި ވީ މީސްތަކުން މި ކަމަށް ހައިރާންވެ އެމީހުން ތިބި ތަނަށް ދުވަމުން ދިޔައެވެ. އެމީހުން ތިބީ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔާތަނުގައެވެ.


ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން.


ޕަތަރަސްއާއި ޔޫޙަންނާ އެ ދޮރާށިން ވަންނަ ތަން ފެނުމުން މިމީހާ އެމީހުންގެ ކިބައިން ވެސް ލާރިއަށް އެދި ސަލާން ޖެހިއެވެ.


ޕަތަރަސް އޭނާއަށް އެއްޗެއް ދޭން އުޅޭ ކަމަށް ހީކޮށް އޭނާ ޕަތަރަސްއާއި ދިމާއަށް ބަލާލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ