Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 3:22 - ކިތާބުލް މުޤައްދަސާ

22 މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް ވިދާޅުވި. ’⁠މަތިވެރި ސާހިބުވަންތަ ރަސްކަލާނގެ އަހަރެން ފަދައިން އެހެން ރަސޫލަކު ހަމަ އަހަރެމެންގެ ތެރެއިން ހޮއްވަވާ، ކަލޭމެންގެ ކައިރިއަށް ފޮނުއްވާނެއޭ. އެކަލޭގެފާނުގެ ބަސްފުޅުތައް ކަލޭމެން ފަރުވާތެރިކަމާއި އެކު ކަނުލާ އަޑުއަހާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 3:22
22 ပူးပေါင်းရင်းမြစ်များ  

އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”⁠މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.⁠“


ކޮންމެ ގޮތެއް ވިޔަސް މިއަދާއި މާދަމާ އަދި އަނެއް ދުވަހު އަހަރެން މިދާ މަގުގައި ކުރިއަށް ދާނަން. އެއީ ހަމަ ޔަޤީނުން ވެސް އެއްވެސް ރަސޫލަކު ޖެރޫސަލަމް ނޫން އެހެން ތާކު މަރާލެވިގެން ނުވާނެ.


އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ކޮންކަންތައްތަކެއް ތަ؟⁠“ އެމީހުން ބުންޏެވެ. ”⁠ނާޒަރަތުގެ އީސާގެފާނާއި ބެހޭގޮތުން ވީ ކަންތައްތައް. އެކަލޭގެފާނަކީ ރަސޫލުބޭކަލެއް. މާތްރަސްކަލާނގެ އާއި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ބަސްފުޅާއި އަމަލުފުޅުތައް މަތިވެރިވެގެންވި.


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް އެންގެވި. ’⁠ބަނީއިސްރާއީލު މީހުންގެ ތެރެއިން އަހަރެން ފަދަ އެހެން ރަސޫލު ބޭކަލަކު މާތްރަސްކަލާނގެ ކަލޭމެންގެ ގާތަށް ފޮނުއްވާނޭ. އެކަލޭގެފާނީ ކަލޭމެން ފަދަ ބަނީއިސްރާއީލު މީހަކު ކަމުގައި ވާނޭ.⁠‘


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.


މިގޮތުގެ މަތިން އެކަލޭގެފާނު ފުރިހަމަވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވާ އެންމެހާ މީސްތަކުންނަށް ދާއިމީ ދިންނެވުން ދެއްވުމުގެ ވަސީލަތަކީ އެކަލޭގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ