މަންދޫބުންގެ މަސައްކަތް 3:17 - ކިތާބުލް މުޤައްދަސާ17 އަޚުންނާއި އުޚުތުންނޭ. ކަލޭމެންނާއި ކަލޭމެންގެ ވެރިން އީސާގެފާނާއި ދޭތެރޭ އެ ފަދައިން ކަން ކުރީ އެއީ ކަލޭމެންނަށް އެ ކުރެވެނީ ކޮން ފަދަ ކަމެއްކަން ނޭނގޭތީ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.
ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ.
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.
އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.
އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ.
އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.