Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 3:10 - ކިތާބުލް މުޤައްދަސާ

10 އެމީހުން މި ކަމާއި ހައިރާންވެ އަޖައިބު ވިއެވެ. އެއީ މިމީހާ އަކީ ކޮންމެ ދުވަހަކު ބައިތުލް މަޤްދިސްގެ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީ ސަލާން ޖަހަން އޮންނަ ވާވެފައިވާ މީހާ ކަން އެމީހުންނަށް އެނގޭތީ އެވެ. ނަމަވެސް މިހާރު އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަމުން އެހެރަ ހިނގަނީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 3:10
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މީސްތަކުންނަށް އީސާގެފާނު ހުންނެވިކަން އެނގުމުން މުޅި އެ ހިސާބުގައި ތިބި އެންމެހައި މީސްތަކުންނަށް އީސާގެފާނު ވަޑައިގެން ހުންނެވި ޚަބަރު ދިނެވެ. އަދި އެބައިމީހުންގެ އެންމެހައި ބަލިމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.


މިތާ ތިބި އެންމެން މި މަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ. މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ. ”⁠މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ؟ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު. މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައް ވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ އޭ.⁠“


އެތާ ތިބި އެންމެންމެ މާތްރަސްކަލާނގެ މަތިވެރިކަން ދެކެ އަޖައިބުވެ ހައިރާން ވިއެވެ. އީސާގެފާނު މި ކުރެއްވި މަތިވެރި ކަންތަކުގެ ވާހަކަ ދައްކަމުން ދިޔަ ވަގުތު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ.


ބައްޕާފުޅު ދަރިކަލުންދެކެ ލޯބިފުޅުވެ ވޮޑިގެންވާތީ ބައްޕާފުޅު ކުރައްވާ ހުރިހާ ކަމެއް ދަރިކަލުންނަށް އަންގަވާ. ބައްޕާފުޅު މިއަށް ވުރެ އަދި މާ މަތިވެރި ކަންތައްތައް ކުރައްވަން ވެސް ދަރިކަލުންނަށް އަންގަވާނެ. އަދި އޭރުން ކަލޭމެން އެންމެން ވެސް މާހައިރާންވެ އަންތަރީސްވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއަކީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބަކުން ވެސް ނޫން. އެއީ މާތްރަސްކަލާނގެ ކުޅަދުން ވަންތަކަން މީސްތަކުންނަށް ދެއްކެވުމަށްޓަކާ.


މިމީހާގެ ގޭދޮށު މީހުންނާއި އަދި ލޯ އަނދިރި ސަލާންޖަހާ މީހެއްގެ ގޮތުގައި އޭނާ ފެނިފައިވާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިހިރަ ދަނީ އެ ލޯ އަނދިރި ސަލާންޖަހާ މީހާއެއް ނޫންތަ؟⁠“


އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”⁠މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟⁠“


އެމީހުން މި ކަންތައްތަކުން ހައިރާންވެ ބުންޏެވެ. ”⁠މި ވަނީ ކިހިނެއް؟ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން މިހާ ފުރިހަމަކޮށް ވާހަކަ ދައްކާ މިއެންމެންނަކީ ގަލީލީގެ މީހުންނެއް ނޫންތަ؟ އަހަރެމެންނަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން. އެކަމަކު އަހަރެމެންނަށް މިއިވެނީ އަހަރެމެންގެ އަމިއްލަ ބަސްތަކުން މިމީހުން ވާހަކަ ދައްކާ އަޑު.


ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ