މަންދޫބުންގެ މަސައްކަތް 3:1 - ކިތާބުލް މުޤައްދަސާ1 އެއްދުވަހަކު ޕަތަރަސްއާއި ޔޫޙަންނާ މެންދުރުފަހު ތިނެއް ޖެހިއިރު ދުޢާ ކުރުމުގެ ވަގުތުގައި ބައިތުލް މަޤްދިސްއަށް ދިޔައެވެ. အခန်းကိုကြည့်ပါ။ |
ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.
ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.
އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.