Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:9 - ކިތާބުލް މުޤައްދަސާ

9 ދެން މިއަށް ފަހު އެ ރަށުގައިވާ ހާ ބަލި މީހުންނެއް ޕައުލްގެ ގާތަށް އައެވެ. އެ އެންމެންގެ މައްޗަށް ވެސް ޕައުލް ދުޢާ ކުރުމުން އެމީހުންގެ ބަލިތައް ވެސް ރަނގަޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:9
7 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


މި ބައިމީހުން އެ ރަށުގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕާފޮސް އާއި ހަމައަށް ދިޔައެވެ. އެ އަވަށުގައި އުޅުނު ބަނީއިސްރާއީލު މީހެއް ކަމުގައި ވީ ބަރުޔޭޝު އޭ ކިޔާ މީހަކާއި އެމީހުންނާއި ދިމާވިއެވެ. މީނާއަކީ ފަންޑިތަވެރިއެކެވެ. އަދި އޭނާ އުޅުނީ ނަބީބޭކަލަކު ކަމުގައި ވެސް ހެދިގެންނެވެ.


މި ކަމުގެ ސަބަބުން ރަށުގެ އެންމެން ވެސް އަހަރެމެންނަށް ވަރަށް އިޙުތިރާމު ކުރަންފެށިއެވެ. އަދި އެ ރަށުން ފުރުމުގެ ވަގުތުޖެހުމުން އަހަރެމެންނަށް ދަތުރަށް ބޭނުންވާނެ ހުރިހާ ވައްތަރެއްގެ އެއްޗިހި އެމީހުން އޮޑިއަށް ލާދިނެވެ.


އޭރު ޕޫބްލިޔުސްގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ހުންއައިސް ބޭރަށް ހިންގުމުގެ ރޯގާއެއްޖެހިފައެވެ. ޕައުލް ގޮސް އޭނާގެ ކޮނޑުގައި އަތްލާ އޭނާގެ މައްޗަށް ދުޢާ ކުރުމުން އޭނާގެ ބަލި ފިލާ ރަނގަޅުވިއެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ