މަންދޫބުންގެ މަސައްކަތް 28:8 - ކިތާބުލް މުޤައްދަސާ8 އޭރު ޕޫބްލިޔުސްގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ހުންއައިސް ބޭރަށް ހިންގުމުގެ ރޯގާއެއްޖެހިފައެވެ. ޕައުލް ގޮސް އޭނާގެ ކޮނޑުގައި އަތްލާ އޭނާގެ މައްޗަށް ދުޢާ ކުރުމުން އޭނާގެ ބަލި ފިލާ ރަނގަޅުވިއެވެ. အခန်းကိုကြည့်ပါ။ |
ބަލިމީހުންނަށް ޝިފާ ދީ. މަރުވެފައިވާ މީހުންނަށް ދިރުން ވެސް ދޭތި. ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ހެޔޮ ކޮށްދޭތި. އަދި ޖިންނި އަވަލާފައިވާ މީހުންގެ ކިބައިން ޖިންނި ފައްސާލާ. މި ހުރިހާ ކަމެއް ކުރުމުގެ ބާރު ތިޔަބައިމީހުންނަށް އަހަރެން މި ދެނީ އަގަކާއިނުލައި. ވީމާ މިކަންތައްތަކުގައި އަނެކުންނަށް އެހީތެރިވެދޭ ހިނދު ތިޔަބައިމީހުން ވެސް އަގަކާއި ނުލައި މިކަންތައްތައް ކޮށްދޭތި.
އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“
މިމީހުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އިންތިހާއަށް ޙައިރާންވެ ވަޑައިގަތެވެ. އެކަލޭގެފާނަށް އެބައިމީހުންގެ މެދުގައި މުޢުޖިޒާތެއް ދެއްކެވުމަށް ކުޅެދިގެން ނުވިއެވެ. އެހެނަސް ބައެއް ބަލިމީހުންގެ ގައިގައި އަތްޕުޅު ބީއްސަވާ ލައްވާ އެމީހުންގެ ބަލި ހެޔޮ ކޮށްދެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.