Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:4 - ކިތާބުލް މުޤައްދަސާ

4 އެތާނގައި ތިބި އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”⁠ޔަޤީންނޭ. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެކޭ. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަޤީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭއޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:4
20 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އުފެއްދެވި ހުރިހާ ޖަނަވާރުތަކުގެ ތެރެއިން ވެސް އެންމެ މަކަރުވެރިކަން ގަދަ އެއްޗަކީ ހަރުފައެވެ. އެއްދުވަހަކު އެހަރުފަ އަންހެނާ ގާތަށް ގޮސް ބުންޏެވެ. ”⁠މިބަގީޗާގައިވާ އެއްވެސް ގަހަކުން މޭވާ ކެއުން މާތްކަލާނގެ މަނާކުރެއްވިކަން ތިބާއަށް ހަމަ ޔަޤީންތަ؟⁠“


މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ.


ވީމާ އެގަތުލުކުރެވި ދިޔަ ހާ ސާލިޙު ރަނގަޅު މީސްތަކުންގެ ގަތުލުގެ ޒިންމާ ކަލޭމެން އުފުލަންޖެހޭނެ. އެއީ ހާބީލް ގަތުލު ކުރެވުމުން ފެށިގެން ބަރަކިޔާހުގެ ދަރި ޒަކަރިއްޔާ ގަތުލު ކުރެވުމާއި ހަމައަށް. ޒަކަރިއްޔާ އަވަހާރަ ކޮށްލެވުނީ ބައިތުލް މަޤްދިސް އާއި ޤުރުބާން ހުށަހަޅާ އައްޓާއި ދެމެދުގައި ހުންނެވި ހިނދު.


ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“


އީސާގެފާނު އެމީހުން ކުރެ ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެން ދެކެނީ މިމީހުންނަށް މި ގޮތަށް އަނިޔާ ލިބުނީ އެއީ މިމީހުންނަކީ ގަލީލީގެ އެހެން މީހުންނަށް ވުރެ ބޮޑެތި ފާފަވެރިން ކަމުގައި ވާތީ ކަމަށް ތަ؟


ސިލުވާމުގެ ބުރުޒު ވެއްޓިގެން މަރުވި އަށާރަ މީހުންނަކީ ވެސް ޖެރޫސަލަމުގެ އެހެން މީހުންނަށް ވުރެ ނުބައި ބަޔަކު ކަމުގައި ކަލޭމެން ދެކެންތަ؟


ބޭރުފުށަށް ބާލާފަ ކަންތަކަށް ފާޑު ނުކިޔާ! ކަމުގެ ދޮގުތެދު ބަލާފަ ފާޑުކިޔާ.⁠“


އެ ރަށުގެ މީހުން އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަން ކުރިއެވެ. އޭރު ވިއްސާރަވެ މޫސުން ވަނީ ވަރަށް ފިނިވެފައެވެ. އެހެން ކަމުން އަހަރެމެންނަށް ހޫނު ދިނުމަށްޓަކައި އެ ރަށުގެ މީހުން އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ.


ޕައުލް އެތަނުން ދަރުގަނޑުތަކެއް ނަގާ އަލިފާންގަނޑަށް ލަނިކޮށް އަލިފާނުގެ ސަބަބުން ހޫނުވުމުން އޭގެން ދަރުގަނޑެއްގައި ވީ ވިހަ ހަރުފައެއް ނުކުތެވެ. އަދި އެ ހަރުފަ ޕައުލްގެ އަތަށް ވިހަލިއެވެ.


ނަމަވެސް ޕައުލް އަތް ފޮޅާލާ އެ ހަރުފަ އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ. އަދި އޭތި ލީ ވިހައިން އޭނާއަކަށް އެއްވެސް ކަމެއް ނުވިއެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ