30 ދެން ދެ އަހަރު ދުވަސް ވަންދެން ޕައުލް ގެއެއް ކުއްޔަށް ހިފައިގެން ހުއްޓެވެ. އަދި އޭނާގެ ގެއަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވެސް އޭނާ އުފަލާއި އެކު މަރުހަބާ ކިޔެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ވެސް އާދޭ ބަލާލަން.“ ދެން އެމީހުން އެކަލޭގެފާނާއިއެކު އެކަލޭގެފާނު ހުންނެވި ތަނަށް ދިޔައެވެ. އޭރު ގާތްގަނޑަކަށް ހަވީރު ހަތަރެއް ޖަހަނީއެވެ. ދެން އެމީހުން އެދުވަހުގެ ބާކީ އޮތް ވަގުތު އީސާގެފާނުގެ އަރިހުގައި މަޑުކުރިއެވެ.
ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.“
މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.
ރޯމުގައި ޕައުލް އަށް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދުވެސް ފޯރިމަރަމުން ދިޔައެވެ.
އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.
އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ.
އަދި މިއެއް ވެސް ނޫނެވެ. އޭނާ ރޯމަށް އައިސް އަހަންނާ ބައްދަލުވުމަށްޓަކައި އަހަރެން ހުރިތަނެއް ވެސް ހޯދިއެވެ.
މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.