Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:3 - ކިތާބުލް މުޤައްދަސާ

3 ޕައުލް އެތަނުން ދަރުގަނޑުތަކެއް ނަގާ އަލިފާންގަނޑަށް ލަނިކޮށް އަލިފާނުގެ ސަބަބުން ހޫނުވުމުން އޭގެން ދަރުގަނޑެއްގައި ވީ ވިހަ ހަރުފައެއް ނުކުތެވެ. އަދި އެ ހަރުފަ ޕައުލްގެ އަތަށް ވިހަލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:3
13 ပူးပေါင်းရင်းမြစ်များ  

ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ވިހަ ހަރުފަ އަތަށް ނަގައި އޭގެ ވިހަ ލުމަކުން އަދި ޒަހަރު ބުއިމަކުން އެފަދަ އީމަންތެރިކަމުގައިވާ ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. އަދި އެބައިމީހުންގެ އަތްތިލަތައް ބީހިލުމުން މީސްތަކުންގެ ބަލިތަކަށް ޝިފާލިބި ރަނގަޅުވެދޭ.⁠“


އެ ރަށުގެ މީހުން އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަން ކުރިއެވެ. އޭރު ވިއްސާރަވެ މޫސުން ވަނީ ވަރަށް ފިނިވެފައެވެ. އެހެން ކަމުން އަހަރެމެންނަށް ހޫނު ދިނުމަށްޓަކައި އެ ރަށުގެ މީހުން އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ.


އެތާނގައި ތިބި އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”⁠ޔަޤީންނޭ. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެކޭ. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަޤީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭއޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ