Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:25 - ކިތާބުލް މުޤައްދަސާ

25 ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:25
8 ပူးပေါင်းရင်းမြစ်များ  

މުނާފިޤުންނޭ! ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ:


އެބައިމީހުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! ތިޔައީ މުނާފިޤު ބައެއް! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ: ’⁠މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ދުރުގައޭ.


ޕައުލްގެ ވާހަކަތައް އަހާ އެއްބަޔަކު ގަބޫލުކޮށް އީމާންވިއެވެ. އަދި އަނެއް ބަޔަކު އެ ވާހަކަތަކާ ދެކޮޅުހެދިއެވެ.


’⁠ތިމަންކަލާނގެ މީސްތަކުންގެ ގާތަށް ގޮސް މި ފަދައިން ބުނާށޭ. ކަލޭމެންނަށް ތިމަންކަލާނގެ ބަސްފުޅުތައް އިވޭނެއޭ. އެކަމަކު ކަލޭމެންނަކަށް އެ ބަސްފުޅުތަކުގެ މާނައެއް ނުވިސްނޭނޭ. ތިމަންކަލާނގެ ކުރައްވާ ކަންތައްތައް ތިޔަބައިމީހުން ދެކޭނޭ. އެ ކަންތައްތައް ކަލޭމެންނަށް ފެނުނު ނަމަވެސް އިހުސާހެއް ނުކުރެވޭނެ.


މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.


އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،


އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ