މަންދޫބުންގެ މަސައްކަތް 28:23 - ކިތާބުލް މުޤައްދަސާ23 ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.
ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.
އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.