މަންދޫބުންގެ މަސައްކަތް 28:21 - ކިތާބުލް މުޤައްދަސާ21 އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.