މަންދޫބުންގެ މަސައްކަތް 28:20 - ކިތާބުލް މުޤައްދަސާ20 އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށޭ. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުނޭ.“ အခန်းကိုကြည့်ပါ။ |
ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“
ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.“
ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.“
ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.
އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.