Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:17 - ކިތާބުލް މުޤައްދަސާ

17 ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:17
11 ပူးပေါင်းရင်းမြစ်များ  

އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.⁠“


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.


އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ.


މީގެ ޖަވާބުގައި ޕައުލް ދެންނެވިއެވެ. ”⁠އަޅުގަނޑު މިހިރީ ރޯމުގެ ރަސްގެފާނުގެ ދަށުން ހިނގާ ކޯޓެއްގަ. އަދި މިއީ އަޅުގަނޑުގެ ޝަރީއަތް ބެލެން ޖެހޭނެ ކޯޓު ވެސްމެ. ބަނީއިސްރާއީލު މީހުންނާއި ދެކޮޅަށް އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާ ކަން މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ.


އޭނާ އެ ރަށަށް ވަޑައިގަތުމާއި އެކު ބޮޑު އިމާމާއި ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި ބެހޭ ޝަރީއަތް އޭނާއަށް ހުށައަޅާ އެދުނީ ޕައުލް ޖެރޫސަލަމަށް ގެނައުމަށް ހުއްދަ ދެއްވުމަށެވެ. އެއީ އެމީހުން ތިބީ ޕައުލް ޖެރޫސަލަމަށް ގެނެވޭ މަގުމަތީ އޭނާ މަރާލުމަށް ރާވައިގެންނެވެ.


ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”⁠އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.⁠“


އިސްތިފާނު ބުނާ އަޑު އަޅުގަނޑުމެން އެހީން. ’⁠ނާޒަރަތުގެ އީސާ މި ބައިތުލް މަޤްދިސް ނެތިކޮށްލާނެއޭ އަދި މޫސާގެފާނުގެ ފަރާތުން ލިބިފައިވާ އާދަކާދަތައް ވެސް އެ އީސާ ނައްތާލާނެއޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ