Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:16 - ކިތާބުލް މުޤައްދަސާ

16 ރޯމުގައި ޕައުލް އަށް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދުވެސް ފޯރިމަރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:16
18 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާ މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.


އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ދެން ގަވަރުނަރު ފެލިކުސް ޕައުލް ބެލެހެއްޓުމާއި ހަވާލުވެ ހުރި ސިފައިންގެ ގާޑަށް އެންގީ ޕައުލް ރަނގަޅަށް ބެލެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް ވަކި ވަރަކަށް މިނިވަންކަންދީ އަދި އޭނާގެ ރައްޓެހިން އޭނާއަށް ބޭނުން އެއްޗެއް ގެނެސް ދިނުމުގެ ހުއްދަ ވެސް ދިނުމަށެވެ.


އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.


ނަމަވެސް ޕައުލް އޮފިސަރަށާއި ސިފައިންނަށް ބުންޏެވެ. ”⁠ފަޅުވެރިން އޮޑި ދޫކޮށް ގޮއްސި ކަމަށް ވަންޏާ ކަލޭމެން އެންމެން ވެސް މަރުވާނެ.⁠“


ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ.


އަދި ތިބާއަށް ފެނުނު ނާސި އަންހެނާ ތަމްސީލުކޮށްދެނީ ދުނިޔޭގެ ބިމުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ މައްޗަށް އަމުރުވެރި ކަމުގައިވި މަތިވެރި ސަހަރު.⁠“


މިތަކެތި ދެނެގަތުމަށްޓަކައި ޙިކުމަތްތެރި ސިކުނޑިއަކަށް ބޭނުންވާނެ. ދާއްބައިގެ ހަތް ބޮލަކީ އެ އަންހެނާ އިށީނދެގެންވާ ހަތް ފަރުބަދަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ