މަންދޫބުންގެ މަސައްކަތް 28:14 - ކިތާބުލް މުޤައްދަސާ14 އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނަށް އީމާންވެ ތިބި މީހުންގެ މެދުގައި އެ އަސްޙާބީ ދުވަހަކު ވެސް މަރެއް ނުވާނެ ކަމުގައި ވާހަކަ ފެތުރުނެވެ. ނަމަވެސް އީސާގެފާނު އެވިދާޅުވީ އޭނާ މަރުނުވާނެއެކޭ އެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ ”އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް ކަލޭ އެކަމާ ނުބެހޭށޭ“ މިހެންނެވެ.
ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.
އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ.