Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 28:11 - ކިތާބުލް މުޤައްދަސާ

11 އެ ރަށުގައި ތިން މަސްދުވަސް ވުމަށް ފަހު އަނެއްކާ ވެސް ރޯމަށް ދިއުމަށްޓަކައި އަހަރެމެން ދަތުރު ފެށީމެވެ. މި ފަހަރު އަހަރެމެން ދަތުރު ކުރީ އެ ރަށުގައި ފިނިމޫސުން ހޭދަކުރުމަށް މަޑު ކުރި އިސްކަންދަރިއްޔާގެ އޮޑިއެއްގައެވެ. އެއޮޑީގެ ދިރުނބާކޮޅުގައި ގުރީކު ކަލާނގެތަކުގެ ތެރެއިން އެންމާބަނޑު ދެ ކަލާނގެ ކަމުގައިވާ މިތުނަރާހީގެ ނިޝާން ވެސް ހަރު ކުރެވިފައި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 28:11
9 ပူးပေါင်းရင်းမြစ်များ  

ދެން، މި މީހުންނަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ގަތް ބިރެއްގެ ބޮޑުކަމުން އެކަލާނގެއަށް ޤުރުބާނީއެއް ވެދުންކޮށް ނަދުރުބުނެ ހަދައްޕެވެ.


ފަޅުވެރިން ބިރުން ގޮތްހުސްވެ އެމީހަކު ދަންނަ ކަލާނގެއަކަށް ދުޢާކޮށް ކިޔުނު ހެޔޮ އެއްޗެއް ކިޔާ ރޮއިހޭރެން ފަށައިފިއެވެ. އަދި އެމީހެއްގެ އަތުޖެހުނު އެއްޗެއް ކަނޑަށް އުކައި އޮޑި ފެންމަތީގައި ބެހެއްޓޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މިކަންތައް ހިނގަމުން ދިޔައިރު ޔޫނުސްގެފާނު އޮންނެވީ ވަތުތެރަށް އެރިވަޑައިގެން ގަދަ އަވަހާރަފުޅުގައެވެ.


މި ބައިމީހުން އެ ރަށުގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕާފޮސް އާއި ހަމައަށް ދިޔައެވެ. އެ އަވަށުގައި އުޅުނު ބަނީއިސްރާއީލު މީހެއް ކަމުގައި ވީ ބަރުޔޭޝު އޭ ކިޔާ މީހަކާއި އެމީހުންނާއި ދިމާވިއެވެ. މީނާއަކީ ފަންޑިތަވެރިއެކެވެ. އަދި އޭނާ އުޅުނީ ނަބީބޭކަލަކު ކަމުގައި ވެސް ހެދިގެންނެވެ.


ޖޫލިޔުސްއަށް އެ ރަށުގައި އިޓަލީއަށް ފުރާ އިސްކަންދަރިއްޔާގެ އޮޑިއެއް ވާކަން އެނގުމުން އޭނާ އަހަރެމެން އެއޮޑިއަށް ލިޔެވެ.


މި ކަމުގެ ސަބަބުން ރަށުގެ އެންމެން ވެސް އަހަރެމެންނަށް ވަރަށް އިޙުތިރާމު ކުރަންފެށިއެވެ. އަދި އެ ރަށުން ފުރުމުގެ ވަގުތުޖެހުމުން އަހަރެމެންނަށް ދަތުރަށް ބޭނުންވާނެ ހުރިހާ ވައްތަރެއްގެ އެއްޗިހި އެމީހުން އޮޑިއަށް ލާދިނެވެ.


މަލްތާއިން ފުރައިގެން އަހަރެމެން އެންމެ ފުރަތަމަ ދިޔައީ ސިރަކޫސަގެ ބަނދަރަށެވެ. އެ ރަށުގައި އަހަރެމެން ތިން ދުވަހު މަޑު ކުރީމެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ