Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 27:6 - ކިތާބުލް މުޤައްދަސާ

6 ޖޫލިޔުސްއަށް އެ ރަށުގައި އިޓަލީއަށް ފުރާ އިސްކަންދަރިއްޔާގެ އޮޑިއެއް ވާކަން އެނގުމުން އޭނާ އަހަރެމެން އެއޮޑިއަށް ލިޔެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 27:6
5 ပူးပေါင်းရင်းမြစ်များ  

އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.


އެދުވަސްވަރު އަޕޯލޮސް އޭކިޔުނު ބަނީއިސްރާއީލު މީހަކު އެފޭސުސް އަށް އައެވެ. އޭނާ އުފަންވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. މީނާއަކީ ވާހަކަދެއްކުމުގެ ހުނަރަށް ކުޅަދާނަ އަދި މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ.


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


އެ ރަށުގައި ތިން މަސްދުވަސް ވުމަށް ފަހު އަނެއްކާ ވެސް ރޯމަށް ދިއުމަށްޓަކައި އަހަރެމެން ދަތުރު ފެށީމެވެ. މި ފަހަރު އަހަރެމެން ދަތުރު ކުރީ އެ ރަށުގައި ފިނިމޫސުން ހޭދަކުރުމަށް މަޑު ކުރި އިސްކަންދަރިއްޔާގެ އޮޑިއެއްގައެވެ. އެއޮޑީގެ ދިރުނބާކޮޅުގައި ގުރީކު ކަލާނގެތަކުގެ ތެރެއިން އެންމާބަނޑު ދެ ކަލާނގެ ކަމުގައިވާ މިތުނަރާހީގެ ނިޝާން ވެސް ހަރު ކުރެވިފައި ވިއެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ