މަންދޫބުންގެ މަސައްކަތް 27:43 - ކިތާބުލް މުޤައްދަސާ43 ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ. အခန်းကိုကြည့်ပါ။ |
އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.
އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.