މަންދޫބުންގެ މަސައްކަތް 27:40 - ކިތާބުލް މުޤައްދަސާ40 އެހެން ކަމުން އެމީހުން ހުރިހާ ނަގިލިތަކުގެ ވާތައް ކަނޑާލާ ކަނޑަށް ދޫކޮށްލިއެވެ. އަދި ހުންގާނު ތިރިކޮށް ތުންމަތި ރިޔާ ނަގާ އޮޑި އެ ރަށުގެ ގޮނޑުދޮށާއި ދިމާއަށް ދުއްވާލިއެވެ. အခန်းကိုကြည့်ပါ။ |
ދެން އޮޑީގެ ބަނޑުވަތް ވަރުގަދަ ކުރުމަށް އަހަރެމެން މާރުން އޮޑި ވަށައިގެން ބަނދެލީމެވެ. އެފްރިކާ ކަރަގޮނޑުގައިވާ ޝަވާތާޢުއޭ ކިޔުނު ބޮޑެތި ފިނޮޅުތަކުގެ މައްޗަށް އޮޑި އުރިދާނެތީ އޮޑީގެ ފަޅުވެރިން ތިބީ ވަރަށް ބިރުންނެވެ. އެހެން ކަމުން އޮޑި ވައިކޮޅު ކުރުމަށްޓަކައި ފެން އެޅޭނޭ ހެން ވާޖަހާފައި ސަތަރިއެއް ދޫކުރިއެވެ.