37 މުޅިއެކު އޮޑީގައި ދުއިސައްތަ ހަތްދިހަ ހަ މީހުން ތިއްބެވެ.
އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.
ކައި ނިމުމުން ފަޅުވެރިން އޮޑި އިތުރަށް ލުއި ކުރުމަށްޓަކައި އޮޑީގައި ވީ މުދަލުގެ ތެރެއިން ގޮދަން ބަސްތާތައް ކަނޑަށް އުކާލިއެވެ.
ދެން ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާއި އާއިލާގެ މީހުންނަށް މިޞްރަށް އައުމަށް އެދި ދެންނެވި. އެމީހުންގެ އަދަދު މުޅިއެކު ހަތްދިހަ ފަހެއް ކަމުގައި ވި.
މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.