Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 27:34 - ކިތާބުލް މުޤައްދަސާ

34 އާދޭސް ކޮށްފާ ބުނަން. ކަލޭމެންގެ އަމިއްލަ ސަލާމަތަށްޓަކައި ކައި. ކަލޭމެން އެކަކަށް ވެސް ގެއްލުމެއް ވެ އަނިޔާއެއް ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 27:34
10 ပူးပေါင်းရင်းမြစ်များ  

ހަމައެހެންމެ، ތިޔަބައިމީހުންގެ ބޮލުގައިވާ އިސްތަށީގެ އަދަދު ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.⁠“


މާތްރަސްކަލާނގެ ކިބަފުޅަށް ދޫނިތަކަށް ވުރެ ކަލޭމެން މާ މުހިންމު. އެކަލާނގެ ކަލޭމެންގެ މައްޗަށް ބައްލަވާވޮޑިގެން ވޭ. ބިރުގަނެ ކަންބޮޑުނުވޭ. ކަލޭމެންގެ ބޮލުގައި ވާ ހުރިހާ އިސްތަށީގެ އަދަދު ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެން ވޭ.


ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ.


އިރުއަރަން ގާތްވެފައި ވަނިކޮށް ޕައުލް އެންމެންނަށް އާދޭސްކޮށް ބުންޏެވެ. ”⁠ކަލޭމެން ކާއެއްޗެއް ނުކައި ވާނުވާނެ ގޮތެއް ބަލަން ތިހެން ތިބޭ ތާ މި ވީ ސާދަ ދުވަސް.


ތިޔަބައިމީހުންގެ މިޒާޖު ވާންޖެހޭނީ އީސާ އަލްމަސީޙާއި އެއްފަދައިންނެވެ.


ހަމައެކަނި ހުސްފެން ނުބޯށެވެ. އެއާއެކު އެކަށީގެންވާ ފަދައިން މޭބިސްކަދުރުގެ ދިޔަފޮދެއް ބޭނުން ކުރާށެވެ. އެއީ ތިބާގެ ބަނޑަށް އުނދަގޫވެ، ބަލި ވެދާނޭތީއެވެ.


ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ