30 ދެން ފަޅުވެރިން އުޅުނީ އޮޑި ދޫކޮށް ދިއުމަށެވެ. އެމީހުން ދިރުނބާކޮޅަށް ނަގިލި އެއްލުމަށް އުޅޭ ކަމަށް ހަދާފަ ބޮއްކުރާ ކަނޑަށް އެއްލިއެވެ.
ދެން އަހަރެމެން ކައުދާއޭ ކިޔާ ކުޑަ ރަށެއްގެ ނިވައި ދަށުން ދަތުރުކޮށް ދިޔައީމެވެ. އޮޑީގެ ފަހަތުގައި ކަފު ޖަހާފައި އޮތް ބޮއްކުރާ އޮޑިއަށް އެރުވުނީ ވެސް ވަރަށް އުނދަގުލުންނެވެ.
ސާދަ ރޭ ސާދަ ދުވާ ވަންދެން އަހަރެމެންގެ އޮޑި އެ ގޮތަށް މެދުތެރޭ ކަނޑުގެ ތެރޭގައި ބެހެމުން ދިޔައެވެ. ސާދަވަނަ ރޭގެ މެންދަމު އޮޑީގެ ފަޅުވެރިންނަށް އެއްގަމާއި ކައިރިއަށް އޮޑި ދާ ކަމުގައި ލަފާކުރެވުނެވެ.
މި ބާރުމިނުގައި ދާ ކަމުގައި ވަނީ ނަމަ ފަރުތަކުގެ މައްޗަށް އޮޑި އުރިދާނެކަމުގެ ބިރު ބޮޑުވެ އެމީހުން ކޮޅުފަސްކޮޅަށް ހަތަރު ނަގިލި އެއްލިއެވެ. އަދި އިރުގެ އަލިކަން ވުމަށް އެދި ދުޢާ ކުރިއެވެ.
ނަމަވެސް ޕައުލް އޮފިސަރަށާއި ސިފައިންނަށް ބުންޏެވެ. ”ފަޅުވެރިން އޮޑި ދޫކޮށް ގޮއްސި ކަމަށް ވަންޏާ ކަލޭމެން އެންމެން ވެސް މަރުވާނެ.“
ދެން ސިފައިން މާރުތައް ކަނޑާލާ ބޮއްކުރާ ކަނޑަށް ދޫކޮށްލިއެވެ.