މަންދޫބުންގެ މަސައްކަތް 27:24 - ކިތާބުލް މުޤައްދަސާ24 އެ މަލާއިކާތާ ވިދާޅުވި. ’ޕައުލް އޭ ބިރުނުގަންނާށޭ. ހަމަކަށަވަރުން ވެސް ކަލޭ ރޯމުގެ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ކަލޭގެ މައްސަލަ ހުށައެޅުމަށް އެ ރަށަށް ދާނެއޭ. އަދި ކަލެއަށްޓަކައި މިދަތުރުގައިވާ އެންމެންގެ ފުރާނަ ސަލާމަތް ކުރައްވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޢުދުފުޅު ކުރައްވަ އޭ.‘“ အခန်းကိုကြည့်ပါ။ |
އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.
ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.
އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.“