މަންދޫބުންގެ މަސައްކަތް 27:21 - ކިތާބުލް މުޤައްދަސާ21 ދެން އޮޑީގައި އެއްވެސް މީހަކު ކާއެއްޗެއް ނުކާތާ އެތައް ދުވަހެއް ފާއިތުވެ ދިޔަ ފަހުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް މިފަދައިން ބުންޏެވެ. ”ކަލޭމެން އަހަރެން ދިން ލަފާ ގަބޫލުކޮށް ހިތްފަސޭހަ އައްސޭރިން ނުފުރިނަމަ، މިއަދު މިހުރިހާ އަނިޔާ އާއި ގެއްލުން ނުލިބި ސަލާމަތް ވީސް. အခန်းကိုကြည့်ပါ။ |
ހިތްފަސޭހަ ފަޅަކީ ފިނިމޫސުން ހޭދަކުރުން ރަނގަޅު ބަނދަރެއް ނޫން ކަމުން އޮޑީގެ ހުރިހާ ފަޅުވެރިން ހެން ވެސް އެއްބަސްވީ އެތަނުން ފުރުމަށެވެ. އެމީހުން ނިންމީ ކުރޭތުގެ ފަޅާއި ކައިރިން ދަތުރުކޮށް ގޮސް އެ ކަރައިގެ ރަށެއް ކަމުގައިވާ ފޭނިކުސްގެ ބަނދަރަށް ދިއުމަށެވެ. އެއީ އެ ބަނދަރަކީ ދެކުނު ހުޅަނގަށް އަދި އުތުރު ހުޅަނގަށް ވާގޮތަށް އޮންނަ ބަނދަރަކަށް ވާތީއެވެ.
އޮޑި އެތައް ދުވަހެއް ވަންދެން މަޑު ދުވެއްޔެއްގައި ދުއްވާފައި ދިޔައެވެ. އެންމެ ފަހުން ވަރަށް އުނދަގުލުން އަހަރެމެން ކެނީދުސް އޭ ކިޔުނު ރަށާއި ކައިރިވިއެވެ. ނަމަވެސް ކުރިމަތިން އިދިކޮޅަށް ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުން ދެން އިތުރަކަށް އަހަރެމެންނަކަށް ކުރިއަކަށް ނުދެވުނެވެ. ދެން އަހަރެމެން ކުރޭތުގެ ވައިދަށުން ސަލްމޯނެއޭ ކިޔުނު މުލީގެ ކައިރިން ލާފައި ދަތުރުކޮށް ދިޔައީމެވެ.