މަންދޫބުންގެ މަސައްކަތް 27:2 - ކިތާބުލް މުޤައްދަސާ2 އަހަރެމެން އިޓަލީއަށް ދިއުމަށް ދަތުރު ފެށީ އަދުރަމީތުންގެ އޮޑިއެއްގައެވެ. މި އޮޑި ވަނީ މި ދަތުރުގައި އޭޝިޔާގެ ތަފާތު ބަނދަރުތަކަށް ދިއުމަށް ވެސް ހަމަޖެހިފައެވެ. އޭރު މެސެޑޯނިޔާގެ ރަށެއް ކަމަށްވާ ތިސަލޯނިކާގެ އަރިސްތާރުކު އޭ ކިޔުނު މީހަކު ވެސް މި ދަތުރުގައި އެއޮޑިން އަހަރެމެންނާއި އެކު ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.“
ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.
އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.