Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 27:12 - ކިތާބުލް މުޤައްދަސާ

12 ހިތްފަސޭހަ ފަޅަކީ ފިނިމޫސުން ހޭދަކުރުން ރަނގަޅު ބަނދަރެއް ނޫން ކަމުން އޮޑީގެ ހުރިހާ ފަޅުވެރިން ހެން ވެސް އެއްބަސްވީ އެތަނުން ފުރުމަށެވެ. އެމީހުން ނިންމީ ކުރޭތުގެ ފަޅާއި ކައިރިން ދަތުރުކޮށް ގޮސް އެ ކަރައިގެ ރަށެއް ކަމުގައިވާ ފޭނިކުސްގެ ބަނދަރަށް ދިއުމަށެވެ. އެއީ އެ ބަނދަރަކީ ދެކުނު ހުޅަނގަށް އަދި އުތުރު ހުޅަނގަށް ވާގޮތަށް އޮންނަ ބަނދަރަކަށް ވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 27:12
8 ပူးပေါင်းရင်းမြစ်များ  

ދެން ދެކުނުން މަޑު ވަޔެއް ޖެހެން ފެށިއެވެ. އޮޑީގެ ފަޅުވެރިން ހީކުރީ އެމީހުންގެ ނިންމުމާއި އެއްގޮތަށް އެމީހުންނަށް ދަތުރުކޮށްފައި ދެވޭނެ ކަމުގައެވެ. އެހެން ކަމުން އެމީހުން ނަގިލި ނަގާ ފުރައިގެން ކަރަގޮނޑާއި ކައިރިން ލާފައި ދަތުރުކޮށް ދިޔައެވެ.


ދެން އޮޑީގައި އެއްވެސް މީހަކު ކާއެއްޗެއް ނުކާތާ އެތައް ދުވަހެއް ފާއިތުވެ ދިޔަ ފަހުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް މިފަދައިން ބުންޏެވެ. ”⁠ކަލޭމެން އަހަރެން ދިން ލަފާ ގަބޫލުކޮށް ހިތްފަސޭހަ އައްސޭރިން ނުފުރިނަމަ، މިއަދު މިހުރިހާ އަނިޔާ އާއި ގެއްލުން ނުލިބި ސަލާމަތް ވީސް.


އޮޑި އެތައް ދުވަހެއް ވަންދެން މަޑު ދުވެއްޔެއްގައި ދުއްވާފައި ދިޔައެވެ. އެންމެ ފަހުން ވަރަށް އުނދަގުލުން އަހަރެމެން ކެނީދުސް އޭ ކިޔުނު ރަށާއި ކައިރިވިއެވެ. ނަމަވެސް ކުރިމަތިން އިދިކޮޅަށް ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުން ދެން އިތުރަކަށް އަހަރެމެންނަކަށް ކުރިއަކަށް ނުދެވުނެވެ. ދެން އަހަރެމެން ކުރޭތުގެ ވައިދަށުން ސަލްމޯނެއޭ ކިޔުނު މުލީގެ ކައިރިން ލާފައި ދަތުރުކޮށް ދިޔައީމެވެ.


އޮޑި ދަތުރު ކުރަމުން ދިޔައީ ފަޅާއި ކައިރިން ލައިގެންނެވެ. ނަމަވެސް އެވަރުން ވެސް ކަނޑު ގަދަވެ ދަތުރު ކުރުމަށް ވަރަށް އުނދަގޫވިއެވެ. އެންމެ ފަހުން ދެން ލަސޭއާގެ ތަނެއް ކަމުގައި ވާ ހިތްފަސޭހަ ފަޅޭ ކިޔުނު ފަޅަށް އޮޑި ލެފިއެވެ.


އެގައުމުގެ ތެރެއިންވީ ފަލްސަފާވެރިއަކު ބުނެފައިވާފަދައިން: ”⁠ކުރޭތު ޖަޒީރާގެ އަހުލުވެރިންނަކީ އަބަދުވެސް ދޮގުވެރިކަމަށް މަޝްހޫރު ބައެކެވެ. ނުބައިވެގެންވީ ޙައިވާނުންތަކެކެވެ. ކަންނެތް ކަމާއެކު ދަހި ބައެއް ވެސް މެއެވެ.⁠“


އަހަރެން ތީތުސް ކުރޭތު ޖަޒީރާ ދޫކޮށްލީ އެ ރަށުގައި ފުރިހަމަ ކުރުމަށް އެދޭ މަސައްކަތްތައް ކުރުމަށެވެ. ކޮންމެ އަވަށަކުން މަސީޙީ ޖަމާޢަތުގެ ބޮޑެއްގެ ގޮތުގައި މީހުން ހަމަޖެއްސުމަށް ތިބާއަށް އިރުޝާދު ދީފައިވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ