Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:8 - ކިތާބުލް މުޤައްދަސާ

8 މާތްރަސްކަލާނގެ މަރުވެފައިވާ މީހުން އަލުން ދިރުއްވާ ކަން ގަބޫލު ކުރުން އެއީ އެއްވެސް މީހަކަށް އެހާ އުނދަގޫކަމަކަށް ވާންވީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:8
14 ပူးပေါင်းရင်းမြစ်များ  

ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އިންސާނުންނަށް ނުވާ ވަރުގެ ކަންތައްތަކަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަ ކަންތައްތައް.⁠“


ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”⁠އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.⁠“


އެ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ ދީނާއި ބެހޭ މައްސަލަތަކެއް. އަދި މަރުވެފައިވާ މީހެއް ކަމުގައިވާ ކޮންމެ ވެސް އީސާއެކޭ ކިޔުނު މީހެއްގެ ވާހަކަ. ޕައުލް ގަދައަޅާ ދެ ގޮތެއް ނުވެ ބުނަމުން ގެންދިޔައީ އެ އީސާ މަރެއްނުވާ ކަމުގަ. އޭނާ ދިރިހުރިކަމުގަ.


މިމީހުން އީސާގެފާނުގެ މަންދޫބުންގެ ބަސްތަކުގެ އަޑުއަހާ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ އެކަލޭގެފާނުގެ މަންދޫބުން މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދީ މަރުވުމަށް ފަހު ވެސް އީސާގެފާނުގެ މަތިވެރި ބާރުފުޅުން މީސްތަކުން އަލުން ދިރޭނެ ކަމުގައި މި މަންދޫބުން ބުނަމުން ގެންދާތީއެވެ.


އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ