Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:32 - ކިތާބުލް މުޤައްދަސާ

32 އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”⁠އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:32
6 ပူးပေါင်းရင်းမြစ်များ  

މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.


އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.


ރޯމުގެ ސަރުކާރުން ޝަރީއަތް ބަލާ އެމީހުންނަކަށް އަޅުގަނޑަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ ކުށެއް ނުފެނުނޭ. އެހެން ކަމުން އެމީހުން ގަސްތު ކުރީ އަޅުގަނޑު ދޫކޮށްލުމަށޭ.


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން މި ނިންމުމާއި ނުރުހުމުން އަޅުގަނޑު ނިންމީ ރޯމުގެ ރަސްގެފާނުގެ އަރިހަށް މި މައްސަލަ ހުށައަޅުމަށޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ މީހުންނާއި ދެކޮޅަށް މައްސަލަ ޖައްސާކަށެއް ނޫނޭ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ