Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:29 - ކިތާބުލް މުޤައްދަސާ

29 ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”⁠ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:29
18 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


”⁠އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.⁠“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”⁠އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.⁠“


އަހަރެން އެހެން މިބުނީ ކޮންމެހެން އެހެން އިންސާނެއްގެ ހެކިބަހެއް އަހަންނަށް ބޭނުން ވާތީއެއް ނޫން. ނަމަވެސް އަހަރެން މިހެން މި ބުނީ މިގޮތުން ވެސް ކަލޭމެންނަށް ދިންނެވުން ލިބޭނެ ހެން ހެދުމަށް.


ޕަތަރަސް އާއްމުންގެ ކުރިމައްޗަށް ޝަރީޢަތަށް ނެރެވުނު ދުވަހުގެ ކުރީ ރޭ އޭނާއަށް އޮތީ ނިދިފައެވެ. އޭނާގެ ދެ ފަރާތުގައި ދެ ސިފައިން ފޯރިއަށް ތިއްބެވެ. އޭނާގެ ދެ އަތުގައި ވަނީ ހިލިހިލާ ވެސް ޖެހިފައެވެ. އަދި އޭނާ އިން ގޮޅީގެ ދޮރުމަތީގައި ވެސް ސިފައިން ފޯރިމަރަމުން ދިޔައެވެ.


ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ.


އެބޭފުޅުން އެ ރަށުގައި ދެތިން ދުވަހު މަޑު ކުރެއްވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު ގަވަރުނަރު ފެސްތުސް ޕައުލްގެ މައްސަލަ އާއި ބެހޭ ގޮތުން އަގިރިފާ ރަސްގެފާނާއި ވާހަކަދެއްކެވިއެވެ. ގަވަރުނަރު ފެސްތުސް ރަސްގެފާނަށް ދެންނެވިއެވެ. ”⁠މި ރަށުގެ ޖަލުގައި ގަވަރުނަރު ފެލިކުސް ހައްޔަރު ކުރެއްވި މީހަކު އެބަވޭ.


އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ