މަންދޫބުންގެ މަސައްކަތް 26:25 - ކިތާބުލް މުޤައްދަސާ25 ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”އިއްޒަތްތެރި ގަވަރުނަރު ފެސްތުސް. އަޅުގަނޑު މިހިރީ މޮޔަވެފައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ސާފު ސީދާ ތެދު. အခန်းကိုကြည့်ပါ။ |
އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ.
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.