މަންދޫބުންގެ މަސައްކަތް 26:23 - ކިތާބުލް މުޤައްދަސާ23 އެއީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާ ލިބިވަޑައިގެން މަރުވާނެ ކަން. އަދި މަރުވުމަށް ފަހު ފުރަތަމަ ދުނިޔެއަށް ވަޑައިގަންނަވާނެ ބޭކަލަކަށް އެކަލޭގެފާނު ވާނެކަން. އަދި މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރިވަޑައިގެން ދިންނެވުމުގެ އަލިކަން ބަނީއިސްރާއީލު މީހުންނަށާ އަދި ދުނިޔޭގެ އެންމެންނަށް ހާމަކުރައްވާނެ ކަން ވެސްމެ.“ အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.“
މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަދި ދެން ދުވަހަކު ވެސް އެކަލޭގެފާނު މަރުވެގެން ނެތިގެންނެއް ނުދާނެ. އެއީ ހަމަ މާތްރަސްކަލާނގެ ވަޙީކުރެއްވި މި ބަސްފުޅުތަކާއި އެއް ފަދައިން. ’ތިމަންކަލާނގެ ދާއޫދުގެފާނަށް ވަޢުދުފުޅު ވީ ބަރަކާތްތެރި ރަޙުމަތްފުޅު ކަލޭމެންނަށް ވެސް ދެއްވާނަމޭ.‘
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“
އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.
ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.