21 ބަނީއިސްރާއީލު މީހުން އަޅުގަނޑު ބައިތުލް މަޤްދިސްގައި ވަނިކޮށް ހައްޔަރުކޮށް މަރާލަން އުޅުނީ މި ކަންތައްތަކުގެ ސަބަބުން.
ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށްވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އޭޝިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ.
ޕައުލްގެ ވާހަކަ މި ހިސާބަށް ދަންދެން އެއްވެފައިވާ މީހުންގަނޑު މަޑުވެ ތިބެ އަޑު އެހި ނަމަވެސް ދެން އަނެއްކާވެސް އެމީހުން ހަޅޭއްލަވަންފެށިއެވެ. ”މިމީހާ ނައްތަލާ. ތިޔަ ކަހަލަ މީހަކަށް ދިރިހުރުން ޙައްޤެއް ނޫން.“