Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:20 - ކިތާބުލް މުޤައްދަސާ

20 އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:20
56 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ އަމަލުތަކުންނާއި، އަދި ދިރިއުޅުމުން ކަލޭމެން ތައުބާވެއްޖެކަން ސާބިތުކޮށްދީ!


އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“


ތިޔަބައިމީހުން ގޮސް މި އާޔަތުގެ މާނަ އޮޅުންފިލުވަބަލަ. ’⁠ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން އޯގާތެރިވުމަށޭ.⁠‘ އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އަހަރެން މި އައީ ފާފަވެރިންނަށް ގޮވާލުމަށް.⁠“


އެގޮތުން މި ބާރަ އަސްޙާބީން ގޮސް މީސްތަކުންނަށް ފާފައިން އެއްކިބާވެ ތައުބާ ވުމަށް ގޮވާލައްވަމުން ގެންދެވިއެވެ.


އޭނާ ބަނީއިސްރާއީލުގެ އެތައްބަޔަކު އެބައިމީހުންގެ މަތިވެރިކަލާނގެ ކިބަފުޅަށް އަނބުރުއްވާނެ.


އަހަރެން ބުނަން ތަ؟ އެހެންނެއް ނޫން. ކަލޭމެން ވެސް ތައުބާ ނުވާ ކަމުގައި ވަނީނަމަ އެމީހުންނެކޭ އެއްފަދައިން ނެތި ހިނގައިދާނެ.


ނޫން. އަހަރެން ބުނަން ތަ؟ ކަލޭމެން ވެސް ތައުބާ ނުވަނީ ނަމަ އެމީހުންނެކޭ އެއްފަދައިން ނެތިވެދާނެ.⁠“


ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.⁠“


ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”⁠ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.⁠“


ޔާމިޒު ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ވީމާއި އަހަރެންނަށް ފެންނަ ގޮތަކީ އީސާގެފާނަށް އީމާންވެގެންތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ކޮނޑުގައި ބުރަތައް ނާޅުވާ އެމީހުންނަށް އުނދަގޫ ނުކުރުން.


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


ތިމަންކަލޭގެފާނު ކަލޭ ބަނީއިސްރާއީލު މީހުންނާ އަދި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ކިބައިން ވެސް ސަލާމަތް ކުރައްވާނަމޭ. ތިމަންކަލޭގެފާނު ކަލޭ މި ފޮނުވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.


”⁠އަގިރިފާ ރަސްގެފާނު. އަޅުގަނޑަށް ހޭލާހުއްޓާ ހުވަފެނެއް ފަދައިން އުޑުން މާތްރަސްކަލާނގެ ދައްކަވާ މި އެންގެވި ކަންތައްތަކަކަށް އަޅުގަނޑު ނުކިޔަމަންތެރިއެއް ނުވަން.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ދެން ލިއްދާ އާއި އަދި ޝަރޯންގެ މުޅި ސަރަހައްދުގެ ހުރިހާ އެންމެން މި އޭނިޔާސް ހިނގާބިނގާވެ އުޅޭތަން ދެކެ އީސާގެފާނުގެ މައްޗަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރިއެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ.


އަދި އެމީހުންނަށް ލިބުނު ޒަޚަމާއި ވޭނުގެ ސަބަބުން އުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސްތައް ރައްދު ކުރިއެވެ. ނަމަވެސް އެމީހުންގެ ނުބައި އަމަލުތައް ދޫކޮށް ތައުބާވުމަށް އިންކާރު ކުރިއެވެ.


އަހަރެން އެ އަންހެނާއަށް ތައުބާވުމަށް ފުރުސަތު ދިނީން. ނަމަވެސް އެ އަންހެނާގެ ވަޙުޝީ ފާފަވެރި ކަމުން އެއްކިބާވެ ތައުބާ ވުމަކަށް އެދިގެންނެއް ނުވި.


އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!


ތިޔަބައިމީހުންނަށް އުނގެނި ދަސްވި ތަކެއްޗާއި އަޑު އިވުނު ތަކެއްޗާއި މެދު ހަނދާން ކުރޭ. އަދި އެއަށް ކިޔަމަންތެރިވޭ. ތިޔަބައިމީހުންގެ ފާފަވެރިކަމުން އެއްކިބާވެ ތައުބާވޭ. މި ގޮތަށް ތިޔަބައިމީހުން އަމަލު ނުކުރާނަމަ ވަގެއް ފަދައިން އެނގުމަކާއިނުލައި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް ދާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ