Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:15 - ކިތާބުލް މުޤައްދަސާ

15 އެވަގުތު އަޅުގަނޑު އެހިން. ’⁠ސާހިބާ ތިޔައީ ކޮން ބޭކަލެއް ތޯ އޭ؟⁠‘ އޭގެ ޖަވާބުގައި މާތް ސާހިބު ވިދާޅުވި. ’⁠ތިމަންކަލޭގެފާނީ ކަލޭ ތިޔަ އަނިޔާ ދޭ އީސާގެފާނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:15
6 ပူးပေါင်းရင်းမြစ်များ  

އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.⁠“


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.⁠‘⁠“


ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’⁠ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.⁠‘


ތެދުވާށޭ! ތިމަންކަލޭގެފާނު މިއަދު ކަލޭގެ ކައިރިއަށް މިއައީ ކަލޭ ތިޔައީ ތިމަންކަލޭގެފާނުގެ މަސައްކަތު މީހެއްގެ ގޮތުގައާއި އަދި ތިމަންކަލޭގެފާނާއި މެދު އެހެން މީހުންނަށް އަންގައިދީ ހެކިދޭނެ މީހެއްގެ ގޮތުގައި ކަލޭ ހޮވުމަށޭ. ކަލޭ މީސްތަކުންނަށް ކަލެއަށް މިއަދު މި ފެނުނު ކަންތަކާ އަދި ތިމަންކަލޭގެފާނު ކަލެއަށް ދައްކަވާ އަންގަވާ ކަންތައްތައް މީސްތަކުންނަށް އަންގައި ދޭނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ