މަންދޫބުންގެ މަސައްކަތް 26:14 - ކިތާބުލް މުޤައްދަސާ14 ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.‘ အခန်းကိုကြည့်ပါ။ |
ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.
އިއްޒަތްތެރި ރަސްގެފާނު. އެ ރަށަށް ދިޔަ މަގުމަތީ އެއްދުވަހަކު މެންދުރު ވަގުތު އުޑުން އައި ވަރަށް ގަދަ އައްޔެއް އަޅުގަނޑު ދުށިން. އެއަލި އިރުގެ އައްޔަށް ވުރެ ވެސް ގަދަވެގެންވި. އެއަލި އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑާއި އެކު ދަތުރު ކުރި އެހެން މީހުންގެ ވަށައިގެން ވެސް އެއަލި ވިދައިގެން ދިޔަ.