މަންދޫބުންގެ މަސައްކަތް 26:13 - ކިތާބުލް މުޤައްދަސާ13 އިއްޒަތްތެރި ރަސްގެފާނު. އެ ރަށަށް ދިޔަ މަގުމަތީ އެއްދުވަހަކު މެންދުރު ވަގުތު އުޑުން އައި ވަރަށް ގަދަ އައްޔެއް އަޅުގަނޑު ދުށިން. އެއަލި އިރުގެ އައްޔަށް ވުރެ ވެސް ގަދަވެގެންވި. އެއަލި އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑާއި އެކު ދަތުރު ކުރި އެހެން މީހުންގެ ވަށައިގެން ވެސް އެއަލި ވިދައިގެން ދިޔަ. အခန်းကိုကြည့်ပါ။ |
ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.‘