Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:12 - ކިތާބުލް މުޤައްދަސާ

12 ”⁠އެ ގޮތުން އަޅުގަނޑު އެއްފަހަރަކު ދިމިޝްޤަށް ދިޔައިން. އެ ރަށަށް އަޅުގަނޑު ދިޔައީ އެ ރަށުގައި ވީ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކުރުމަށް ބޮޑު އިމާމުން ދެއްވި ހުއްދައިގެ ސިޓީ އެއްވެސް ހިފައިގެން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:12
12 ပူးပေါင်းရင်းမြစ်များ  

ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.


އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.


އިއްޒަތްތެރި ރަސްގެފާނު. އެ ރަށަށް ދިޔަ މަގުމަތީ އެއްދުވަހަކު މެންދުރު ވަގުތު އުޑުން އައި ވަރަށް ގަދަ އައްޔެއް އަޅުގަނޑު ދުށިން. އެއަލި އިރުގެ އައްޔަށް ވުރެ ވެސް ގަދަވެގެންވި. އެއަލި އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑާއި އެކު ދަތުރު ކުރި އެހެން މީހުންގެ ވަށައިގެން ވެސް އެއަލި ވިދައިގެން ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ