Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 26:1 - ކިތާބުލް މުޤައްދަސާ

1 ދެން އަގިރިފާ ރަސްގެފާނު ޕައުލް އަށް ވިދާޅުވިއޭ. ”⁠ކަލޭގެ އަމިއްލަ ދިފާއުގައި ކަލޭ ބުނަން ބޭނުން އެއްޗެއް އޮތިއްޔާ ބުނޭ.⁠“ ދެން ޕައުލް އަތްމައްޗަށް ނަގާ މި ފަދައިން ވާހަކަ ދެއްކިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 26:1
12 ပူးပေါင်းရင်းမြစ်များ  

އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ.


ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ.


ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ.


”⁠އަހަރެމެންގެ ޤާނޫނުގައިވާ ގޮތުގެ މަތިން މީހަކު ދައްކަނީ ކޮންވާހަކައެއްތޯ އަދި ކުރީ ކީއްތޯ އެމީހާ ކުރެން އަހާ އޮޅުން ނުފިލުވައި މީހަކު ކުށްވެރި ކުރުމަކީ ހުއްދަ ކަމެއް ނޫނެއް ނޫންތަ؟⁠“


”⁠އިއްޒަތްތެރި އެންމެހާ އަޚުންނޭ އަޑުއައްސަވާ، ތިޔަބައިމީހުންނަށް މި ކަންތައްތައް ވެގެން އުޅޭގޮތް އޮޅުންފިލުވާ ދިނުމަށް އަޅުގަނޑު މިބުނާ ބަސްތަކުގެ އަޑު އެއްސެވުން އެދެން.⁠“


ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’⁠ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.⁠‘


އެއީ ރޯމުގެ ރަސްގެފާނުގެ އަރިހަށް ކުށްވެރިއަކު އެމީހެއްގެ ކުށަކީ ކޮބައިކަން ރަނގަޅަށް ސާފުކޮށް ބަޔާންކޮށް ލިޔެފައި ނޫނީ ފޮނުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ތާކުންތާކު ޖެހޭކަމެއް ނޫން.⁠“


”⁠އަގިރިފާ ރަސްގެފާނު. އަޅުގަނޑާއި މެދު ބަނީއިސްރާއީލު މީހުން ކުރަމުން ދާ ދަޢުވާގެ ދިފާއުގައި މަނިކުފާނުގެ ކުރިފުޅުމަތީ އަޅުގަނޑަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުނީތީ އަޅުގަނޑު ވަރަށް އުފާ ކުރަން.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ