މަންދޫބުންގެ މަސައްކަތް 25:8 - ކިތާބުލް މުޤައްދަސާ8 ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.“ အခန်းကိုကြည့်ပါ။ |
އަޅުގަނޑު ބައިތުލް މަޤްދިސްގެ ތެރޭގައި އެއްވެސް މީހަކާއި ބަހުސެއްކޮށް ޒުވާބެއްކޮށް ހެދިތަނެއް އެއްވެސް މީހަކު ނުދެކޭނެ. އަދި އެމީހުންގެ ދީނީ މަރުކަޒުތަކުގައި ވެސް އަޅުގަނޑު މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެ ރަށުގެ މަގުތަކުގައި ވެސް އަޅުގަނޑު އެ ފަދަ ކަމެއް ނުކުރަން.
އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.
ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.
އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ.