މަންދޫބުންގެ މަސައްކަތް 25:7 - ކިތާބުލް މުޤައްދަސާ7 ޕައުލް އެތަނަށް ގެނެވުމާއި އެކު ޖެރޫސަލަމުން އެ ރަށަށް އައި ބަނީއިސްރާއީލުގެ ވެރިން އޭނާގެ ވަށައިގެން ތިބެ ވަރަށް ގިނަ ތަފާތު ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރަންފެށިއެވެ. ނަމަވެސް އޭގެން އެއްވެސް ތުހުމަތެއްގެ ހެއްކެއް އެމީހުންނަކަށް ދެއްކޭކަށް ނެތެވެ. အခန်းကိုကြည့်ပါ။ |
ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“
ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“
ގަވަރުނަރު ފެސްތުސް މި ފަދައިން ވިދާޅުވިއެވެ. ”އަގިރިފާ ރަސްގެފާނާއި އަދި މިތާނގައި ވާ އެންމެ ހާ އިއްޒަތްތެރިންނޭ، މީނާއަށް ބައްލަވާ. މި ރަށުގައިވާ ބަނީއިސްރާއީލު މީހުންނާ އަދި ޖެރޫސަލަމުގެ ބަނީއިސްރާއީލު އެންމެން ވެސް މިމީހާ ކުށްވެރިކޮށް އަޅުގަނޑަށް ވަނީ ހުށައަޅާފަ. އެމީހުން ގަދައަޅާ ބުނަނީ މީނާ އަށް ދިރިހުރުން ޙައްޤެއް ނޫން ކަމުގަ. އެމީހުން އަޅުގަނޑުގެ ކިބައިން އެދެނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމަށް.
ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.