Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:6 - ކިތާބުލް މުޤައްދަސާ

6 ގަވަރުނަރު ފެސްތުސް ޖެރޫސަލަމުގައި ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަހު ހުންނެވުމަށް ފަހު އެނބުރި ކައިސަރިޔާއަށް ވަޑައިގެންނެވިއެވެ. އަދި އަނެއް ދުވަހު ފެސްތުސް ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ޕައުލް ގެނައުމަށް އެންގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:6
11 ပူးပေါင်းရင်းမြစ်များ  

ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


އެމީހުން މިހެން ބުނުމުން ޕިލާތުސް އަނެއްކާވެސް އީސާގެފާނު އެމީހުންގެ ކުރިމައްޗަށް ނެރުމަށް ފަހު ފަނޑިޔާރުގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. މި ޝަރީއަތް ކުރެވުނީ ހިލައިގެ ތަޅުންގަނޑުގެ ނަމުން ނަންދެވިފައިވާ ތަނުގައެވެ. މި ތަނަށް ޢިބްރާނީ ބަހުން ކިޔެނީ ”⁠ގައްބާތަ⁠“ އެވެ.


ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


މީގެ ޖަވާބުގައި ޕައުލް ދެންނެވިއެވެ. ”⁠އަޅުގަނޑު މިހިރީ ރޯމުގެ ރަސްގެފާނުގެ ދަށުން ހިނގާ ކޯޓެއްގަ. އަދި މިއީ އަޅުގަނޑުގެ ޝަރީއަތް ބެލެން ޖެހޭނެ ކޯޓު ވެސްމެ. ބަނީއިސްރާއީލު މީހުންނާއި ދެކޮޅަށް އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާ ކަން މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ.


ދެން އެމީހުން އެ މައްސަލަ ބެލުމަށް މި ރަށަށް އައުމުން އަޅުގަނޑު ހަމަ އަނެއް ދުވަހު ޕައުލް އެމީހުންގެ ކުރިމައްޗަށް ހާޒިރު ކުރީން.


މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”⁠ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް.


ވީމާ ކަލޭމެންގެ ތެރެއިން ބައެއް ވެރިން އަހަރެންނާއި އެކު ކައިސަރިޔާއަށް އައިސް އެ ރަށުގައި ޕައުލް އާއި މެދު ދަޢުވާކޮށް އޭނާ ކުށެއް ކޮށްފައި ވޭތޯ ބަލާ.⁠“


އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.


ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ