ޕައުލް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހަމަ އަނގަހުޅުވާލި ހިނދު ގާލިއޯ ޕައުލް ކުށްވެރި ކުރަމުން ދިޔަ މީހުންނާ ދިމާއަށް ބުންޏެވެ. ”އޭ ބަނީއިސްރާއީލު މީހުންނޭ، ކަލޭމެން ތިޔަ މީހާ ތިޔަ ގެނައީ އޭނާ ކުރި ކުށެއް ނުވަތަ އެނޫން ވެސް އެހެން ނުބައިކަމެއްގެ ސަބަބުން ނަމަ ކަލޭމެން ބަނީއިސްރާއީލު މީހުންގެ ވާހަކަތައް އަހަރެން ޖެހޭނީ އަހާ އެ ކަމާދޭތެރޭ ބަލާށޭ.