މަންދޫބުންގެ މަސައްކަތް 25:4 - ކިތާބުލް މުޤައްދަސާ4 މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް. အခန်းကိုကြည့်ပါ။ |
ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.‘