Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:25 - ކިތާބުލް މުޤައްދަސާ

25 އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:25
11 ပူးပေါင်းရင်းမြစ်များ  

ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”⁠މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.⁠“


ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ.


އެމީހުން ދިއުމުގެ ކުރިން އެމީހުން އެންމެންމެ އެއްބަސްވެ އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާ އަކީ ޖަލަށް ލާންވި ނުވަތަ އޭނާއަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ އެއްވެސް ކުށެއް ކޮށްފައި ވާ މީހެއް ނޫން.⁠“


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


ރޯމުގެ ސަރުކާރުން ޝަރީއަތް ބަލާ އެމީހުންނަކަށް އަޅުގަނޑަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ ކުށެއް ނުފެނުނޭ. އެހެން ކަމުން އެމީހުން ގަސްތު ކުރީ އަޅުގަނޑު ދޫކޮށްލުމަށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ