Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:23 - ކިތާބުލް މުޤައްދަސާ

23 އަނެއްދުވަހު އަގިރިފާ ރަސްގެފާނާއި ބެރެނީޒު ވަރަށް އިއްޒަތުގެ ގޮތްތައް ދައްކާ ދަރުބާރުގެއަށް ވަޑައިގެންނެވިއެވެ. އެބޭފުޅުންނާއި އެކު މަތީ ސިފައިންގެ އޮފިސަރުންނާއި އަދި އެ ރަށުގެ ހުރިހާ މަތީ މީހުން ވެސް އެތަނަށް ވަޑައިގެންނެވިއެވެ. ދެން ގަވަރުނަރު ފެސްތުސް ޕައުލް އެތަނަށް ހާޒިރު ކުރުމަށް އެންގެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:23
18 ပူးပေါင်းရင်းမြစ်များ  

އެންމެފަހުން ޔަޙުޔާގެފާނު އަވަހާރަކޮށްލެއްވުމަށް ހެރޮދިއާސްއަށް ފުރުސަތު ލިބިގެން ދިޔައެވެ. އެއީ ހެރޮދުގެ އުފަންދުވަހެވެ. ދުވަހު މުނާސަބަތުގައި ސަރުކާރުގެ ވެރިންނަށާއި ޢަޝްކަރީ ބޮޑުންނަށާއި އަދި ގަލީލީގެ ކަމުވޮށިވެގެންވާ ފަރާތްތަކަށް އޭނާ ޖާފަތެއް ދިނެވެ.


ދެން މި ބައްދަލުވުމަށް ވަކި ދުވަހެއް ކަނޑައަޅުނެވެ. އަދި އެ ކަނޑަ އެޅުނު ދުވަހު ހެރޮދު ރަސްގެފާނު އެ ރަސްގެފާނުގެ ޝާހީ ހެދުންކޮޅު ތުރުކުރައްވާ ވަޑައިގެން އެ ރަސްގެފާނުގެ ތަޚުތު ކޮޅުގައި އިށީނދެވަޑައިގެން އެމީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަދެއްކެވިއެވެ.


މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ.


ދެން އަގިރިފާ ރަސްގެފާނާއި ގަވަރުނަރު ފެސްތުސް އާއި ރަސްގެފާނުގެ ކޮއްކޯފުޅު ބެރެނީޒު އާއި އަދި އެތާނގައިވާ އެންމެން އެތަނުން ދިއުމަށް ތެދުވިއެވެ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠އިންސާނުން ވަނީ ވިނަތަކެއްފަދައިންނެވެ. އެބައިމީހުންގެ ރީތިކަން ފަނޑުވެގެންދަނީ މާމެލާމެލީގެ ރީތިކަން ފަނޑުވެދާ ފަދަ އަވަސްކަމާއެކުގައެވެ. ވިނަ މިލައިމޯޅިވެދެއެވެ. އަދި މާމެލާމެލި ވެރި ދެއެވެ.


ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ