Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް ޕައުލް އެދުނީ އޭނާގެ މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު އަމުރުކުރީ އޭނާ ކައިސަރުގެ އަރިހަށް ފޮނުވެން ދެން މި ރަށުގެ ޖަލުގައި ބެހެއްޓުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:21
7 ပူးပေါင်းရင်းမြစ်များ  

މިހެން ކަމުގައިވާނަމަ ކައިސަރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.


އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”⁠އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.⁠“


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން މި ނިންމުމާއި ނުރުހުމުން އަޅުގަނޑު ނިންމީ ރޯމުގެ ރަސްގެފާނުގެ އަރިހަށް މި މައްސަލަ ހުށައަޅުމަށޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ މީހުންނާއި ދެކޮޅަށް މައްސަލަ ޖައްސާކަށެއް ނޫނޭ.


ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ