Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:19 - ކިތާބުލް މުޤައްދަސާ

19 އެ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ ދީނާއި ބެހޭ މައްސަލަތަކެއް. އަދި މަރުވެފައިވާ މީހެއް ކަމުގައިވާ ކޮންމެ ވެސް އީސާއެކޭ ކިޔުނު މީހެއްގެ ވާހަކަ. ޕައުލް ގަދައަޅާ ދެ ގޮތެއް ނުވެ ބުނަމުން ގެންދިޔައީ އެ އީސާ މަރެއްނުވާ ކަމުގަ. އޭނާ ދިރިހުރިކަމުގަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:19
14 ပူးပေါင်းရင်းမြစ်များ  

އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.⁠“


އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.⁠“


ނަމަވެސް މި ކަމަކީ ހަމައެކަނި މީނާ ދައްކާ ވާހަކަޔަކާ އަދި އޭނާ ބުނާ ވަކި ބައެއްގެ ނަންތަކަކާ އަދި ކަލޭމެން ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޤާނޫނާ ބެހޭކަމެކޭ. ތިކަހަލަ ފާޑުފާޑުގެ ކަންތަކާ ދޭތެރޭ ކުރެވޭ ޝަރީޢަތްތައް ބަލާކަށް މަށަކަށް ނުޖެހޭނެއޭ.⁠“


އެމީހުން ދަތުރުކޮށް ދިޔަ އޮޑި އެފޭސުސްއަށް ލެފުމުން އެމީހުން އެރަށަށް ފޭބިއެވެ. ދެން ޕައުލް ދިޔައީ އެރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށެވެ. އެތަނަށް އަންނަ މީހުންނާއި ވާހަކަ ދެއްކުމަށެވެ. ދެން އަކީލާ އާއި ޕްރިސިލާ އެރަށުގައި މަޑުކުރިއެވެ.


މާތްރަސްކަލާނގެ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައިފި. އަހަރެމެން އެންމެންނަކީ އެކަންތައް ދުށް ހެކިން.


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


ނަމަވެސް އޭނާއާއި މެދު ހުށައެޅުނު މައްސަލަތަކަކީ އަދި ތުހުމަތު ކުރެވުނު ކަންތައްތަކަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ހީކޮށްގެން ހުރި ފަދަ މައްސަލަތަކެއް ނޫން.


ޕައުލް އެތަނަށް ގެނެވުމާއި އެކު ޖެރޫސަލަމުން އެ ރަށަށް އައި ބަނީއިސްރާއީލުގެ ވެރިން އޭނާގެ ވަށައިގެން ތިބެ ވަރަށް ގިނަ ތަފާތު ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރަންފެށިއެވެ. ނަމަވެސް އޭގެން އެއްވެސް ތުހުމަތެއްގެ ހެއްކެއް އެމީހުންނަކަށް ދެއްކޭކަށް ނެތެވެ.


ކެތްތެރިކަމާއިއެކު އަޅުގަނޑު މިބުނާ ވާހަކަކޮޅު އަޑު އައްސަވާލަދެއްވާ. އެހެނީ ތިޔަބޭފުޅާއަކީ ބަނީއިސްރާއީލު މީހުންގެ އާދަކާދަތަކާ އަދި އެމީހުންގެ މެދުގައި ދީނުގެ ގަވާއިދުތަކާ މެދު ކުރެވޭ ބަހުސް ތަކާ ހަމަނުޖެހުންތައް ރަނގަޅަށް ދެނެވަޑައިގެންވާ ބޭފުޅެއް.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ