13 މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ.
އެރަސްގެފާނުގެ ދަރިކަލުން ޔޫރާމް ދާއޫދު ރަސްގެފާނުގެ އަރިހަށް މަރުހަބާއާއި ހެޔޮދުޢާ ސަލާމާއިގެން ފޮނުއްވިއެވެ. އަދި އޭނާ އައީ ރަނާއި ރިއްސާއި ކަފުލޮއިގެ ތަކެތި ވެސް ހިފައިގެންނެވެ. (މިއިރު ތޫޣޫއާ ވަނީ ހަދަދުޢަޒަރުއާ ހަނގުރާމަ ކުރެއްވުން މަތީގައެވެ.)
އެއަށް ފަހު އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”ޒިންދާބާދު، ބަނީއިސްރާއީލުގެ ރަސްގެފާނު!“
ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.
ދެން ފެސްތުސް އޭނާގެ މަޝްވަރާ ދާރުންނާއި ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވިއެވެ. ”ކަލޭ ތިޔަ އެދެނީ ރޯމުގެ ރަސްގެފާނަށް ތިޔަ މައްސަލަ ހުށައެޅުމަށް. ވީމާ ކަލޭގެ މައްސަލަ ދެން ހުށައެޅޭނީ ހަމަ ރޯމުގެ ރަސްގެފާނަށް.“
މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް.
ދެން އަގިރިފާ ރަސްގެފާނު ޕައުލް އަށް ވިދާޅުވިއޭ. ”ކަލޭގެ އަމިއްލަ ދިފާއުގައި ކަލޭ ބުނަން ބޭނުން އެއްޗެއް އޮތިއްޔާ ބުނޭ.“ ދެން ޕައުލް އަތްމައްޗަށް ނަގާ މި ފަދައިން ވާހަކަ ދެއްކިއެވެ.
އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.
އެކަލޭގެފާނު މި ކަންތަކުގެ ތެރޭ އުޅުއްވަނިކޮށް ޞަމޫއީލްގެފާނު ވަޑައިގެންފިއެވެ. ދެން ޝާއުލްގެފާނު އެކަލޭގެފާނަށް މަރުހަބާ ކިޔަން ވަޑައިގެންފިއެވެ.
އެއިރު ނާބާލްގެ ޚާދިމަކު ގޮސް އޭނާގެ އަނބި އަބީޖާއިލްގެ ގާތުގައި ބުނެއްޕެވެ. ”ސާހިބުގެ ގާތަށް ސަހަރާގެ ތެރޭގައި އުޅޭ ދާއޫދު ބަޔަކު އޭނާގެ ގާތަށް ވެދުމާގެން ފޮނުވީމާ އެމީހުންނާމެދު ސާހިބު އިހާނާތްތެރިކޮށް ހިތާފައި އެމީހުން ލަދު ގަންނަވާލައި ފޮނުވާލައިފި.